ސާމްޕަލްތައް ނެގެޓިވްވުމުން އުނގޫފާރު އާއްމު ހާލަތަށް ގެނެސްފި

ރ. އުނގޫފާރު ---

ރ. އުނގޫފާރުން ކޮވިޑް19 އާއި ގުޅިގެން ނެގި ހުރިހާ ސާމްޕަލެއް ނެގަޓިވްވެ، މޮނީޓަރިންގެ ހާލަތުން ރަށް އާންމު ހާލަތައް ގެނެސްފިއެވެ.

އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އެރަށަށް އަންގާފައިވާ އެންގުމުގައިވެއެވެ.

އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ އެ ރަށުގެ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލި ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެހެންކަމުން ދެ ޑޮކްޓަރުންނާއި ނަރުހަކާއި ޕޮޒިޓިވްވި މީހާގެ ދަރިފުޅު އަދި، ހޮސްޕިޓަލުގައި އޮތް ބަލި މީހެއްގެ ސާމްޕަލް އިއްޔެ ވަނީ ނަގާފައެވެ. އެހެންނަމަވެސް މިއަދު އެޗްޕީއޭ އިން ވަނީ އެ ހުރިހާ އެންމެންގެ ސާމްޕަލް ވެސް ނެގެޓިވްވެފައިވާ ކަމަށް ބުނެ އެރަށަށް އެކަން އަންގާފައެވެ.

އެހެންކަމުން އެރަށް މޮނީޓަރިންގެ ހާލަތުން އާއްމު ހާލަތަށް މިހާރު ވަނީ ގެނެސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *