ރާއްޖޭގެ ރައްޔިތުން ތިބީ ލުބްނާން ރައްޔިތުންނާއެކެ: ރައީސް

މިނިވަން ދުވަހާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ލުބުނާނުގެ ވެރިރަށް ބޭރޫތުގައި އިއްޔެ ބާރުގަދަ ގޮވުމެއް ގޮވައި، ގިނަ އަދަދެއްގެ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ ލުބްނާންގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. ހާދިސާގައި ނިޔާވި މީހުންނާއި، އަނިޔާ ލިބުނު މީހުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ހާދިސާގައި 78 މީހަކު މަރުވެފައިވާއިރު އަދިވެސް އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. ލުބްނާންގެ ބޮޑުވަޒީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ، ވެއާހައުސް އެއްގައި ރައްކާކޮށްފައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *