އަދީބުގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް އެމްނެސްޓީން ރައީސަށް ދަންނަވައިފި

ހައިކޯޓަށް އަދީބު ވަޑައިގަންނަވަނީ --

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ހުރަސް ނާޅަން އެމްނެސްޓީ އިންޓަނޭޝަނަލް އިން ސަރުކާރަށް ގޮވާލައިފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ އަމުރުކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ޖަމާއަތުން ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވީ އަދީބަށް އަނެއްކާވެސް ބަންދުކޮށްފައިވާއިރު އޭނާ އަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން އަދީބަކީ ލޮލުގެ ބައްޔެއް ކަމަށްވާ ގްލޮކޮމާ އަދި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގެ މައްސަލަތަކެއްވެސް ދިމާވެފައިވާ ފަރާތެއް ކަމަށާއި މި ސިއްހީ މައްސަލަތަކަކީ ރާއްޖެއިން ފަރުވާ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ބަންދުގައި ތިބޭ މީހުންނަށް ވެސް އެކަށީގެންވާ ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމަކަށްވާއިރު އެއްވެސް ހުރަހެއް ނެތި ބޭސްފަރުވާގެ ހައްގު އަދީބަށް ފޯރުކޮށް ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *