މޭނާ ހައްސާން ޑީއާރްޕީއަށް ސޮއިކޮށް، ޖާބިރާ އެކު ނައްޓަވައިފި

މޭނާ ހައްސާން (ކ) ޑީއާރްޕީއަށް ސޮއިކޮށް، ޖާބިރާ އެކު ނައްޓަވަނީ-- ފޮޓޯ/ ޓްވިޓާ

ލަވަކިޔުންތެރިޔާ މޭނާ ހައްސާން ޑީއާރްޕީއަށް ސޮއިކޮށް، އެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރާ އެކު ނައްޓަވައިފިއެވެ.

ޖާބިރާ އެކު މޭނާ ހައްސާން ނައްޓަވާ ވީޑިއޯއިން އެންމެ ފުރަތަމަ ފެނިގެން ދަނީ އެއްޗެއްގައި ސޮއި ކުރާ މަންޒަރެވެ. ޖާބިރު އޭނާއަށް މަރުހަބާ ދެންނެވުމާއެކު، ދެ ބޭފުޅުން ބައްދާލައްވައެވެ.

"މި ޕާޓީއަކީ އިނގޭތޯ! ދިވެހި ލޮބުވެތި ރައްޔިތުން އެންމެ ލޯބިވާ ޕާޓީއަށް ހެދުމުގެ ހެޔޮ ނިޔަތުގައި އަޅުގަނޑު ވެރިޔާއާއެކުގައި [ޖާބިރާއެކު] މިރޭ މި ބައްދާލީ،" ޖާބިރާ ބައްދާލެއްވުމަށްފަހު މޭނާ ހައްސާން ވިދާޅުވިއެވެ.

އެއަށްފަހު ދެ ބޭފުޅުން އެކުގައި ނެއްޓެވީ "ވަގުތު ނެތޭ ވަގުތު ނެތޭ" ލަވަޔަށެވެ. ނައްޓަވަމުން މޭނާ ހައްސާން ލަވަ ކިޔަމުން ގެންދެއެވެ. ޖާބިރު ވެސް އޭނާއެކު ލަވަޔަށް ފައިހަމަ ކުރަމުން ގެންދަވައެވެ.

މޭނާ ހައްސާން ޑީއާރްޕީއަށް ސޮއި ކުރެއްވުމުން، ޖާބިރު ވިދާޅުވީ އޭނާއަކީ މޭނާ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރު ކަމަށެވެ. ސިޔާސީ މަސައްކަތަށް އޭނާ ނުކުތުމަކީ ލިބުނު ހިތްވަރެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *