އެއްމަހުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވެ އެޑްމިޓުކޮށްފި

-އައިޖީއެމްއެޗް ހޮސްޕިޓަލް/ ފޮޓޯ: އަވަސް

ކޮވިޑް-19 ޖެހިފައިވާ އެއް މަހުގެ ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް މިއަދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އެއް މަހުގެ ކުއްޖަކު އެޑްމިޓް ކުރަން ޖެހުނީ ހުން ގަދަ ވުމުގެ އިތުރުން ޑީހައިޑްރޭޓް ވުމުގެ ސަބަބުން ކަމަށެވެ. އަދި ގާތުން ދިނުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 4,293 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،590 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 93 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މީގެކުރިން ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިން ފަހުން މިބަލި ރާއްޖޭގައި އަންނަނީ ހަލުވިކަމާއި އެކުގައި ފެތުރެމުންނެވެ. މީގެކުރިން ބިދޭސީން މި ބައްޔަށް ގިނައިން ޕޮޒިޓިވްވި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވާއިރު ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *