ކޮވިޑް ކޭސްތައް އިތުރުވާތީ އިދިކޮޅުން އިހުތިޖާޖުތައް މެދުކަނޑާލައިފި

އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން : ފޮޓޯ / ސަން

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި މިފަހަކަށް އައިސް ބާއްވަމުން ދިޔަ އިހުތިޖާޖުތައް ކޮވިޑް19 ގެ ސަބަބުން މެދުކަނޑާލަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަން، ޕީޕީއެމްގެ ނާއިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް "ހަތާވީސް އޮންލައިން" އަށް ވިދާޅުވީ ރާއްޖޭގައި ކޮވިޑް19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ އިދިކޮޅުގެ މުޒާހަރާތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ދާދިފަހުން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އެއްވެސް ހާލެއްގައި އިދިކޮޅު ކޯލިޝަނުން މަގުމައްޗަށް ނިކުންނަނީ ވެރިކަން ވައްޓާލަން ނޫން ކަމަށެވެ. އެފަދަ ގޮތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހަށް ހީފުޅު ކުރެވިފައި އޮވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ނިކުންނަނީ ގެއްލިފައިވާ ހައްގުތައް ހޯދަން. އެއްވެސް ހާލެއްގައި މިއުޅެނީ ވެރިކަން ވައްޓާލާކަށް ނޫން. ކުރިޔަށް އޮތްތަނުގައި މި މުޒާހަރާތައް ވަރުގަދަ ވާނެ،" ޝުޖާއު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *