ކޮވިޑް ޖެހިގެން 80 އަހަރުގެ ދިވެއްސެއް މަރުވެއްޖެ

ރެންޑަމް ސާމްޕަލް މާލޭގައި ނަގާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓީމެއް: ފޮޓޯ / ހަތާވީސް

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ބަލީގެ ހާލަތު ގޯސްވެ އިތުރު ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނިޔާވީ މީހާ އަކީ 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ ހުޅުމާލެ ކޮވިޑް19 ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 9:30ގައެވެ.

މިއީ ކޮވިޑް19 ޖެހިގެން ރާއްޖެއިން މަރުވި 19ވަނަ މީހާއެވެ. އެންމެ ފަހުން އެޗްޕީއޭ އިން ބުނެފައިވަނީ ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 72 ކަމަށެވެ.

މީގެކުރިން ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިން ފަހުން މިބަލި ރާއްޖޭގައި އަންނަނީ ހަލުވިކަމާއި އެކުގައި ފެތުރެމުންނެވެ. މީގެކުރިން ބިދޭސީން މި ބައްޔަށް ގިނައިން ޕޮޒިޓިވްވި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވާއިރު ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *