މަކުނުދޫ ފިނޭ އަދި މާރަންދޫ އަށްވެސް އަރާ ފޭބުން މަނާކޮށްފި

ހއ. މާރަންދޫ ---

ހދ. އަތޮޅުގެ އިތުރު ދެ ރަށަކަށް އަރާ ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

އެގޮތުން އެޗްޕީއޭ އިން މަނާކޮށްފައިވާ ދެ ރަށަކީ ހދ. މަކުނުދޫ އާއި އެ އަތޮޅު ފިނޭއެވެ. މީގެއިތުރުން ހއ. މާރަންދޫ އަށްވެސް އަރާ ފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ.

މި ރަށްތަކަށް އަރާ ފޭބުން މަނާކޮށް އެރަށްތަކުގެ ކައުންސިލުތަކަށް އެޗްޕީއޭ އިން އަންގާފައިވާ އެންގުމެއްގައި ވަނީ ރަށްތަކަށް އަރާ ފޭބުން މަނާ ކޮށްފައި ވަނީ ށުގައި މިވަގުތު ތިބި ބައެއް މީހުންގެ ކިބައިން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އެ ރަށްރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާވާނެ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ހދ. މަކުނުދޫ އަދި ފިނޭއަށް އަރާ ފޭބުން މަނާކޮށްފައިވާއިރު އެ އަތޮޅު ނޮޅިވަރަމް އަށް އަރާ ފޭބުންވެސް ވަނީ މަނާކޮށްފައެވެ.

މިރަށްތަކަށް އަރާ ފޭބުން މަނާކޮށްފައިވާއިރު ހދ. އަދި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކޮށްފައިވާ އިހަވަންދޫގެ ތަޚްތު ބޯޓުގެ ފަޅުވެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *