ނޮޅިވަރަމަށް އަރާ ފޭބުން މަނާކޮށްފި

ހދ. ނޮޅިވަރަމް --

ހދ. ނޮޅިވަރަމަށް އަރާ ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ ނޮޅިވަރަމް ކަރަންޓީނުކޮށްފައިވަނީ އެ ރަށުގައި ތިބި ބައެއް މީހުންގެ ކިބައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނުމާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

އެހެންކަމުން އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާވާނެ ކަމަށްވެސް ބުނެފައިވެއެވެ. މި އެންގުން ނެރެފައިވަނީ މިއަދު މެންދުރު 15:31 ގައެވެ.

މީގެކުރިންވެސް ނޮޅިވަރަމް އަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ހދ. އަދި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކޮށްފައިވާ އިހަވަންދޫގެ ތަޚްތު ބޯޓުގެ ފަޅުވެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *