އީދު ބަންދަށްފަހު މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން: ފޮޓޯ / މަޖިލިސް

އީދު ބަންދަށް މެދުކަނޑާލުމަށްފަހު ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމައިފިއެވެ.

އެގޮތުން މަޖިލިސް އިދާރާއިން މިހާރު ވަނީ މާދަމާގެ ޖަލްސާގެ އެޖެންޑާ ވެސް އާއްމު ކޮށްފައެވެ. ހެނދުނު 9:00ގައި ފަށާ ރައްޔިތުން މަޖިލީހުގެ ޖަލްސާ އޮންނާނީ މަޖިލިސް ކުރާ ގޭގައެވެ.

އެޖެންޑާގައި އޮތް ގޮތުން މާދަމާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެއިތުރުން ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓަން އަހަންވެފައިވާ ކަންކަމަށް ވޯޓަށް އެހުންވެސް މާދަމާގެ ޖަލްސާގައި އޮންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *