އައްޑޫ ރޭޕް ކޭސް: ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

އައްޑޫސިޓީ/ ފޮޓޯ- އަސޯ

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ. ފުލުހުން ބުނީ ފުލުހުންނަށް ހުށަހެޅު މައްސަލާގައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރާއި 19 އަހަރުގެ ފިރިހެނެކެވެ.

މިއަދު ފުލުހުން ބުނީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *