އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއްނޫން: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެ އިތުރު ފުރަބަންދަކަށް ރާއްޖެ ދިއުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައި މިވަނީ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނާތީއެވެ. އަދި ކަމާބެހޭ އިދާރާތަކުން މި ބައްޔާއި ގުޅޭ ގޮތުން ތަފާތު އެކި ފަހަރު އަންނަނީ އިރުޝާދުތައް ދެމުންނެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކޮވިޑް19 ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށެވެ. ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. 

"ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކަށް ޢަމަލުކުރައްވާ. ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން،" ރައީސް ވިދާޅުވިއެވެ.
https://twitter.com/ibusolih/status/1290180605229936640?s=20

އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 215 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. ލޮކްޑައުން އަށް ލުއިތައް ދިން ފަހުން މާލެ ސަރަހައްދުން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 4,164 އަށް އަރައިފައެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 2،643 މީހަކު ވަނީ ރަނގަޅުވެފައެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 30 މީހުން ހިމެނެއެވެ. މި ބަލީގައި މިހާތަށް 18 މީހަކު ވަނީ ރާއްޖެއިން މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *