ނުރައްކާ ބޮޑުވެއްޖެ، މިއަދު އެކަނިވެސް 215 މީހަކަށް ބަލި ޖެހުނު

ރެންޑަމް ސާމްޕަލް މާލޭގައި ނަގާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓީމެއް: ފޮޓޯ / ހަތާވީސް

ކޮވިޑް19ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ، މިއަދު އެކަނިވެސް ޕޮޒިޓިވްވި މީހުންގެ އަދަދު 215އަށް އަރައިފިއެވެ.

މިއަދު ޕޮޒިޓިވްވެފައިވަނީ ދިވެހި 149 މީހުންނާއި ބަންގަލާދޭޝްގެ 54 މީހަކާއި އިންޑިއާގެ ހަތް މީހުނާއި އަވަށްޓެރި ސްރީ ލަންކާގެ ދެ މީހަކާއި ނޭޕާލްގެ ދެ މީހަކާއި އިންޑޮނޭޝިއާގެ ރައްޔިތެކެވެ.

މިއީ މިހާތަނަށް 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 4,164 އަށް އަރައިފައެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 2،643 މީހަކު ވަނީ ރަނގަޅުވެފައެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 30 މީހުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *