1.8 މިލިއަން ރުފިޔާގެ ޕީޕީއީ އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކޮށްފި

އޮސްޓްރޭލިޔާ އިން ރާއްޖެއަށް ހަދިޔާކުރި ޕީޕީއީ ހަވާލުކުރަނީ --

އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް 1.8 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.

ޖުލައި މަހުގެ 28 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީއާއި އޮސްޓްރޭލިއާގެ ޑިފެންސް އެޑްވައިޒަރ، ގްރޫޕް ކެޕްޓަން ޝޯން އަންވިންއެވެ.

އަދި މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ކޮޅުނބުގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާޤުއާއި ޑިފެންސް އެޑްވައިޒަރ ލޓ. ކލ. އިސްމާއިލް ނަސީރުއެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އޮސްޓްރޭލިއާ އަސްކަރިއްޔާއިން ވެދިން މި އެހީތެރިކަމަށްޓަކައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ސަފީރު އުމަރު އަބްދުއްރައްޒާޤު ވަނީ އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އޮސްޓްރޭލިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 12 ހާސް އޯވަރއޯލް އާއި، 2 ލައްކަ އަންގިއެވެ. މިތަކެތި އުފައްދާފައިވަނީ އޮސްޓްރޭލިއާގެ އަންސެލް ކުންފުނިންނެވެ.

Leave a Reply

Your email address will not be published.