އާޒިމްގެ ރައްދު އާދަމް ޝަރީފަށް: އަޅުގަނޑުމެންނަށް "ވެރިމީހާއާ" ބައްދަލުވޭ

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް --

ސަރުކާރު ހިންގާ މައި ޕާޓީގެ މަޖިލިސް މެންބަރުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލު ނުކުރެއްވޭއިރު އެހެން ބަޔަކާއި ބައްދަލުކުރެވޭނެތޯ ސުވާލު ކުރައްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ދެއްކެވި ވާހަކަފުޅަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ވެއްޓުނަނުދީ، ނަގަހައްޓައި ދިނުމުގައި ރައްޔިތުން މަޖިލީހުގެ މަޖިލީހުގެ ސަރުކާރު ހިންގާ މައިޕާޓީގެ މެންބަރުންގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށެވެ.

"ވެރިމީހާއާ [ރައީސުލްޖުމްހޫރިއްޔާ] މަޖިލިސް މެންބަރުންނާއި ބައްދަލުކޮށް މަޝްވަރާ ނުކުރެވޭ ނަމަ ދެން ބައްދަލުކޮށް މަޝްވަރާ ކުރެވޭނީ ކޮން ބަޔަކާ،" ސުވާލު އުފައްދަވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފަށް ރައްދު ދެއްވާ ރައްޔިތުން މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލު ކުރައްވާ އަލީ އާޒިމް ވިދާޅުވީ އެމްޑީޕީ މެންބަރުންނާއި "ވެރިމީހާއާ" ބައްދަލުވާ ކަމަށެވެ. އަދި ސަރުކާރު ހިންގާ މައިޕާޓީގެ މަޖިލިސް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުނުވެ އޮތީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ ސަރުކާރު ދަމަހައްޓާނީ ވެސް ނުވަތަ ވެރިކަން ބަދަލު ކުރާނީވެސް ރައްޔިތުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *