ނުލިބި ހުރި ފައިސާގެ ތެރެއިން 169 މިލިއަން ރުފިޔާ ހޯދައިފި

ދައުލަތުގެ ޓެކްސް އިދާރާ އިނެލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) ---

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 169 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން ވަނީ ޑަނިން ޕޮލިސީގެ ދަށުން މިހާތަނަށް 64 މިލިއަން ދައުލަތަށް ހޯދާފައެވެ. މީރާއިން ބުނީ އެ ފައިސާގެ އިތުރުން ރިމައިންޑާ ކޯލްސް އާއި އީ-މެއިލް މެދުވެރިކޮށް ކުރި މަސައްކަތުން 71 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. ހަމައެއާއެކު ބޭންކް އެކައުންޓް ފްރީޒިން ޕޮލިސީގެ ދަށުން ދެ މިލިއަން ރުފިޔާ ހޯދާފައިވާއިރު ޑިއުޒް ކްލިއަރަންސުގެ ގޮތުގައި 31 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ސަރުކާރުން ބުނެފައިވަނީ މީރާ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 4.5 ބިލިއަން ރުފިޔާ ހޯދުމަށް ދައުވާ ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އޮޑިޓާ ޖެނެރަލް ނެރުއްވާ ރިޕޯޓުތަކުގައި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ފަރާތްތަކުން ހިޔާނާތްވި ފައިސާ ހޯދުމުގެ މަސައްކަތްތައް މިހާރު ފިނޭންސް މިނިސްޓްރީން ވެސް އަންނަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published.