ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ދިޔަ އަންހެނަކު ކޮވިޑުގައި މަރުވެއްޖެ

ކޮވިޑް19 ފެތުރެން ފެށުމުން މިިދިޔަ އޭޕްރީލް މަހު، މުޅި މާލެ ލޮކްޑައުން ކުރުމުން ފުލުހުން މަގުމަތީ ފޯރިމަރަނީ-- ފޮޓޯ/ މިހާރު

ކޮވިޑް19 ޖެހުނުކަން ނޭނގި، ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގޮސް މިއަދު ފަރުވާ ހޯދަން ފެށި އަންހެނަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ 52 އަހަރުގެ އަންހެނެކެވެ. ނޭވާލާން އުނދަގޫވެގެން އޭނާ ހޮސްޕިޓަލަށް ދިޔައީ މިއަދު ހަވީރު 4:40 އެހާކަންހާއިރުއެވެ. ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވީ މިރޭ 11:20 އެހާކަންހާއިރުއެވެ.

މިއީ ކޮވިޑް19 ޖެހިގެން ރާއްޖެއިން މަރުވި 17 ވަނަ މީހާއެވެ.

ކޮވިޑްޖެހިގެން މިއަދު މީހަކު ނިޔާވެފައިވާއިރު، މިއަދު އެކަނިވެސް ރާއްޖެއިން ކޮވިޑް ޖެހުނު އަދަދު 156އަށް އަރައެވެ. ރާއްޖެއިން ބަލި ޖެހުނު އަދަދު 3،949އަށް އަރައެވެ. ބަލިން ރަނގަޅުވި އަދަދަކީ 2،613އެވެ.

Leave a Reply

Your email address will not be published.