ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު 72އަށް

ދަރުމަވަންތަ ހޮސްޕިޓަލު --

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކޮވިޑް19 ފެސިލިޓީގައި މިހާރުވެސް 65 މީހަކު އެޑްމިޓު ކޮށްފައިވާ ކަމަށެވެ.

ދަރުމަންތަ ހޮސްޕިޓަލުގައި ފަސް މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި ށ.ފުނަދޫ ކޮވިޑް ފެސިލިޓީގައި އެކަކު އަދި ބ.އޭދަފުށީ ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާ ދެމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެހިންނާއި ބަންގްލަދޭޝް 20 މީހަކާއި އިންޑިއާ އަދި ލަންކާ ރައްޔިތެކެވެ. މިއަދުވެސް މާލެ ސަރަހައްދު ފިޔަވާ އިތުރު ދެ ރަށަކުން ވެސް ވަނީ ކޮވިޑަށް މީހުން ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,949 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1305 މީހުންނަށެވެ. މިހާތަނަށް މިބަލީގައި 16 މީހަކު ވަނީ މަރުވެފައެވެ. ރާއްޖެއިން ކޮވިޑް19 މިހާ ބޮޑަށް ފެތުރެމުން ދަނީ ލޮކްޑައުން އަށް ލުއިތައް ދިން ފަހުންނެވެ.

 

Leave a Reply

Your email address will not be published.