މިއަދު ވެސް ރާއްޖެއިން 156 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން މިއަދު ކޮވިޑް19 އަށް 156 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 154 މީހަކު ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ. އަނެއް ދެ މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުން ކަމަށެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެހިންނާއި ބަންގްލަދޭޝް 20 މީހަކާއި އިންޑިއާ އަދި ލަންކާ ރައްޔިތެކެވެ. މިއަދުވެސް މާލެ ސަރަހައްދު ފިޔަވާ އިތުރު ދެ ރަށަކުން ވެސް ވަނީ ކޮވިޑަށް މީހުން ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,949 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1305 މީހުންނަށެވެ. މިހާތަނަށް މިބަލީގައި 16 މީހަކު ވަނީ މަރުވެފައެވެ. ރާއްޖެއިން ކޮވިޑް19 މިހާ ބޮޑަށް ފެތުރެމުން ދަނީ ލޮކްޑައުން އަށް ލުއިތައް ދިން ފަހުންނެވެ.

Leave a Reply

Your email address will not be published.