މާލެ ސަރަހައްދުގެ ގެތަކުން އަދިވެސް ކުނި ނަގަމުން ދާނީ އިމާރާތުގެ ތިރިން: ވެމްކޯ

ވެމްކޯގެ މުވައްޒަފަކު މަގުމަތީގައި: ފޮޓޯ / ވެމްކޯ

މާލެ ސަރަހައްދުގެ ގޭބިސީތަކުން އަދިވެސް ކުނި ނަގަމުން ދާނީ އިމާރާތުގެ ތިރިން ކަމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯ އިން މީގެކުރިން ބުނެފައިވަނީ އިމާރާތުގެ ތިރިން ކުނި ނަގާނީ މިއަދުގެ ނިޔަލަށް ކަމަށެވެ.

އެހެންނަމަވެސް ކޮވިޑް19 އާއި ގުޅިގެން އަދިވެސް ރާއްޖޭގެ ހާލަތު އޮތް ގޮތުންނާއި ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ރައްކާތެރި ކަމަށް ބެލުމަށްފަހު ކުރިންވެސް އިއުލާންކޮށްފައިވާ އުސޫލަށް ވަކި ގޮތެއް އަންގަންދެން ކުނި ނަގަމުން އަންނާނީ އިމާރާތުގެ ތިރިން ކަމަށް ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެ ކޯޕަރޭޝަނުން ބުނީ، ކުނި ނަގާނީ އިމާރާތުގެ ތިރިން ކަމަށާއި ކުނި ނެރުމަށް ހަމަޖެހިފައި ވަނީ، ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 14:00 އާ ދެމެދުގައި ކަމަށެވެ.

އިމާރާތުގެ އެންމެ ތިރިން ކުނި ނެގޭނެ އިންތިޒާމު ދުރާލާ ހަމަޖައްސައި ދިނުމަށް އެ ކޯޕަރޭޝަނުން އެދިފައިވާއިރު ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00ގެ ނިޔަލަށް އިމާރާތަށް ވަދެ ނިކުމެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ވެސް ވަނީ އެދިފައެވެ.

ވެމްކޯ އިން ބުނީ އެއްވެސް މުވައްޒަފަކު ކުނި ނެގުމަށް ވަކިވަކި ފަންގިފިލާއަށް ނާރާނެ ކަމަށެވެ. ވެމްކޯއިން ވަނީ މި ހާލަތުގައި ވެސް އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި، ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހޭތީ، އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑާއި، ވަގުތުގައި ކުނި ނެރުމަށް އިލްތިމާސް ކޮށްފައެވެ.

1 thought on “މާލެ ސަރަހައްދުގެ ގެތަކުން އަދިވެސް ކުނި ނަގަމުން ދާނީ އިމާރާތުގެ ތިރިން: ވެމްކޯ

  1. Imaaraai thakuge mathy floor thakuga ulhey beyfulhun ground floor ah kuni baalaa dhinumaky insaaniyathah dhevey ehytherikamaa ehbaarulun kamah dhekigen enmmen ves abadhuwes mihaaru mi kanthah kuraa gothah ground floor ah kuni jamaakoh dhinumah ilthimaas kuran.

Leave a Reply

Your email address will not be published. Required fields are marked *