ޒުވާން ޕައިލެޓެއް ކުއްލި ގޮތަކަށް މަރުވެއްޖެ

މަރުވި ޒުވާން ޕައިލެޓު ސަނޫން --

ރާއްޖޭގެ ޒުވާން ޕައިލެޓަކު ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައިވަނީ ސ. ހިތަދޫ ކޯޒްވޭ ވިލާ، ސަނޫން ނަސީރު 35، އެވެ. އޭނާ އަކީ ވިލާ އެއާގައި މަސައްކަތް ކުރާ ޕައިލެޓެކެވެ. އޭނާ ދިރިއުޅެމުން ދިޔައީ ހުޅުމާލޭގައި އޭނާގެ އަނބިމީހާ އާއި ދަރިފުޅާއި އެކުގައެވެ.

އިއްޔެ ޑިއުޓީ ނިންމާލުމަށްފަހު އެނބުރި ގެއަށް އައުން ލަސްވެގެން އޭނާގެ އަންހެނުން އޭނާއަށް ގުޅި ކަމަށްވެއެވެ. ނަމަވެސް ސަނޫންގެ ފޯނަށް ޖަވާބެއް ނުދެއެވެ. އަދި ގޭގެ ބޭރުން ފޯނެއް ރިންގުވާ އަޑު އިވޭތީ ބޭރަށް ނިކުމެ ބެލިއިރު ގޭގެ ދޮރުމައްޗަށް ސަނޫން އޮތީ ވެއްޓިފައެވެ. އޭރުވެސް ސަނޫން އޮތީ މަރުވެފައެވެ.

ސަނޫންގެ ހަށިގަނޑު އޮތީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވޭތޯ އަންނަނީ މިހާރު މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނީ ރޭ މެންދަމު 3:30 ހާއިރު ހުޅުމާލޭ ފްލެޓެއް ކައިރީގައި މީހަކު ހޭނެތިގެން ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި ހުޅުމާލޭ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓާލުން މައުލޫމާތު ދީފައިވާ ކަމަށެވެ. މި މައްސަލާގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *