އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ: ފޮޓޯ / ޝާރިގް އެން ފަސާ

އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލާގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން އިއްޔެ ބުނީ މިއަދު ހެނދުނު އައްޑޫ ސިޓީގެ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. ފުލުހުން ބުނީ ފުލުހުންނަށް ހުށަހެޅު މައްސަލާގައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމަށެވެ.

މިއަދު ފުލުހުން ބުނީ އެ މައްސަލަ އާއި ގުޅިގެން ދެ މީހަކު އިއްޔެ ހަވީރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރާއި 19 އަހަރުގެ ފިރިހެނެކެވެ.

އެ މައްސަލަ އިތުރަށް އަންނަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *