މާފުށީގައި ކަރަންޓީންގައި ތިބި އަންހެނަކާއި ކުޑަކުއްޖަކު ޕޮޒިޓިވްވެއްޖެ

ކ. މާފުށި --

ކ. މާފުށި ހޯމް ކަރަންޓީނުގަިއ ތިބި އަންހެނަކާއި ކުޑަ ކުއްޖަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މާފުށި ކައުންސިލުން ވަނީ އެ ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަންގާފައެވެ. އަންހެން މީހާއާ ކުޑަ ކުއްޖާ މާލެއިން މާފުއްޓަށް ގޮސްފައި ވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ.

މާލެއިން ރަށްރަށަށް ދެވޭނީ 14 ދުވަހު އެރަށެއްގައި ކަރަންޓީންވާ ގޮތަށެވެ. އަދި 14 ދުވަހުގެ ކަރަންޓީން ނިމުމުން ކޮވިޑަށް ޓެސްޓު ކުރާނެއެވެ. މިފަހުން މާލެއިން ގިނަ އަދަދެއްގެ މީހުން ރަށްރަށަށް ދާއިރު ރަށްރަށުން މިހާރު އަންނަނީ ކޮވިޑް19 ގެ ކޭސްތައް ފެންނަމުންނެވެ.

އިއްޔެވެސް ރާއްޖެއިން 74 މީހަކު ޕޮޒިޓިވްވެފައިވާއިރު މުޅި ޖުމްލަ އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،793އަށް އަރާފައެވެ.

މާލެ ސިޓީގެ އިތުރުން މި ބަލި ރާއްޖޭގެ 9 ރަށެއްގައި ރެއާއި ހަމައަށް ވަނީ ފެތުރިފައެވެ. ރާއްޖޭގައި މިބައްޔަށް ފަރުވާ ދެމުން އަންނަ 1،155 މީހަކު އެބަވެއެވެ.

Leave a Reply

Your email address will not be published.