އުރީދޫ މޯލްޑިވްސްއިން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި “މަރުހަބާ 2020” ހަފްލާ އަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ގަމީހާއި އެ ގަމީހުގެ އަގާއި ގުޅިގެން ދައްކަމުން ދިޔަ ވާހަކަތަކަށް މަހުލޫފު ރައްދު ދެއްވައިފިއެވެ.
މަހުލޫފު ލައިގެން ހުރި ގަމީހުގެ އަގާއި ގުޅިގެން ބައެއް ނޫސްތަކުގައިވެސް ވަނީ އެކަން ރިޕޯޓުކޮށްފައެވެ. އެގޮތުން ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިޓަލީގެ އަގުބޮޑު ބްރޭންޑެއް ކަމަށްވާ ޑޮލްޗޭ އެންޑް ގަބާނާގެ ޑިޒައިންގެ އެ ގަމީހުގެ އަގު އުޅެނީ 800 ޑޮލަރު (12336ރ.) އަށް ވުރެ މަތީގައެވެ.
އެކަމަށް ރައްދު ދެއްވާ މަހްލޫފު ވިދާޅުވީ އެމަނިކުފާނު އެ ގަމީސް ބައްލަވައިގެންއިރު އެތަނުގައި އެމަނިކުފާނުގެ ގަމީހާއި ގުޅިގެން ރިޕޯޓުކުރި އެއްވެސް ނޫހެއްގެ ނޫސްވެރިއެއްވެސް ނެތް ކަމަށެވެ. އަދި މަހުލޫފް ވަނީ ހުދު އެމަނިކުފާނުގެ ބަހެއް ނުހޯދާ އެ ހަބަރު މީޑިއާތަކުގައި ޖެހުމުން ނުރުހުން ފާޅުކުރައްވާފައެވެ. އަދި އެއީ ޒިންމާދާރު ނޫސްވެރިކަން ކުރާ ގޮތް ނޫން ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.
1- Alhugandu gamees gaiyiru Vaguthu & Voice ge noosverin thibi handhaaneh neiy.
2- Alhuganduge comment eh hoadhan gulhaalinama rangalhuvees,eyee zinmaadhaaru noosverikan.
3- Dubai dhekolhu ticket nagaigen gos New Year Sale inn thi gamees ganegen ayas $800 eh naaraane ingeytho. pic.twitter.com/mcmIerVXex
— Ahmed Mahloof (@AhmedMahloof) January 29, 2020
މިނިސްޓަރު ވިދާޅުވީ ދެކޮޅު ޓިކެޓް ނަގައިގެން، ދުބާއީ އަށް ގޮސް އާ އަހަރުގެ ސޭލުން އެ ގަމީސް ގަތަސް ގަމީހުގެ އަގު 800 ޑޮލަރު ނާރާނެ ކަމަށެވެ.
މަހްލޫފު ތުރުކުރައްވައިގެން ހުންނެވި އެ ގަމީސް ބޭރުގެ ޝޮޕިން ވެބްސައިޓުތަކުގައި ވިކަން ހުރީ 872 ޑޮލަރާއި 995 ޑޮލަރާ ދޭތެރޭ އަގުތަކެއްގައެވެ. ނަމަވެސް މަހްލޫފު ތުރުކުރައްވައިގެން ހުންނެވި ގަމީހަކީ އޮރިޖަނަލް ގަމީހެއްކަން ޔަގީނެއް ނޫނެވެ.