އިހަވަންދޫ އިން ވެސް ކޮވިޑަށް މީހަކު ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫ ---

ހއ.އިހަވަންދޫން މީހަކު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެއްޖެެއެވެ.

އެމީހާ ކޮވިޑަށް ޕޮޒިޓިވްވުމާއި އެކުގައި އެރަށް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެރަށު ކައުންސިލުން ބުނީ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެރަށުން މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "242" ބޯޓުގައި މަސައްކަތް ކުރާ މީހެކެވެ.

އެ ބޯޓުގެ އެއްވެސް ފަޅުވެރިއަކާއި ދިމާވެފައިވާނަމަ، ރައްކާތެރިވުމުގެ ގޮތުން ގޭގައި އަމިއްލަ އަށް އެކަހެރިވުމަށް އިހަވަންދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ކޮންމެހެން ގެއިން ބޭރަށް ނިކުންނަންޖެހޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތައް ގޭގައި މަޑުކުރުމަށާއި، މޮނީޓަރިންގެ ހާލަތު އުވާލަންދެން ރަށަށް އަރައި ފޭބުން މަނާކުރުމާއި، ބޭރަށް ނިކުމެ އުޅޭ ހުރިހާ ފަރާތްތަކުން މާސްކު އެޅުމަށާއި، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން މިސްކިތައް ދިއުން ވެސް ވަނީ މަނާކޮށްފައެވެ.

އިއްޔެވެސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 74އަށް އަރާފައެވެ. އޭގެތެރޭގައި ގިނައީ ދިވެހިންނެވެ.

Leave a Reply

Your email address will not be published.