44 ދިވެހިންނާއި އެކު މިއަދުވެސް 74 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން މީގެކުރިން ބޭއްވި ޑްރިލްއެއްގެ ތެރެއިން: ފޮޓޯ / މިހާރު

ރާއްޖެއިން މިއަދުވެސް 74 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތި ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި ބަންގްލަދޭޝް 19 މީހަކާއި އިންޑިއާ 8 މީހަކާއި ސްރީލަންކާ ނޭޕާލް އަދި ފިލިޕީންސް އަށް ނިސްބަތްވާ މީހަކު ކަމަށެވެ.

މިއަދު ޕޮޒިޓިވްވި 74 މީހުންނާއި އެކު މުޅި ޖުމްލަ މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،793އަށް އަރާފައެވެ.

މާލެ ސިޓީގެ އިތުރުން މި ބަލި ރާއްޖޭގެ 9 ރަށެއްގައި މިހާރު ވަނީ ފެތުރިފައެވެ. ރާއްޖޭގަިއ މިބައްޔަށް ފަރުވާ ދެމުން އަންނަ 1،155 މީހަކު އެބަވެއެވެ.

މިހާތަނަށް މިބަލީގައި 16 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published.