މަރުވި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19އިން މާލޭގައި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް މީހުން މޫނު ނިވާކޮށްގެން-- ފޮޓޯ/ ސަން

މަރުވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ  އުމުރުން 29 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު ރޭ އައިޖީއެމްއެޗްް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި ހެދި ޓެސްޓް ތަކުން އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

އޭނާ ހޮސްޕިޓަލަށް ގެނައީ އޭނާ ދިރިއުޅެމުން ދިޔަ ތަނުގެ ތެރޭގައި ވެއްޓިފާ އޮއްވައި ފެނިގެން ކަމަށް އެ މީހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އަދި އޭނާގެ ގައިން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް އޭނާ ގެނައި މީހުންނާއި ހަވާލާދީ އެޗްޕީއޭ އިން ބުންޏެވެ.

މަރުވި ފަހުން އެ މީހާ ވައިރަހަށް ޕޮޒިޓިވްވެފައިވާތީ، އެމީހާއަކީ ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ގޮތުގައި ނުބަލާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އިއްޔެ ރާއްޖެއިން ވަނީ ކޮވިޑް ޖެހިގެން 71 އަހަރުގެ އަންހެނަކު މަރުވެފައެވެ. އެމީހާ މަރުވީ ނޭވާ ލާން އުނދަގޫވެގެން އިމަޖެންސީގައި ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނިކޮށެވެ.

Leave a Reply

Your email address will not be published.