ކޮވިޑް19: ފިޔަވަޅުތައް ވަރުގަދަކުރަނީ، ރޭގަނޑު 11އިން ފަތިހު 5އަށް ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅަނީ

ލޮކްޑައުންގައި މަގުމަތީގައި އުޅުނު ބަޔަކު ޗެކް ކުރަނީ: ފޮޓޯ / ޕޮލިސް

މާލެ ސަރަހައްދުގައި ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ ކުރަން ފަށައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިރޭ ވިދާޅުވީ ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ބޭރަށް ނިކުންނަ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބޭރުގައި އުޅުން މަނާ ގަޑިތަކެއް ކަނޑައެޅިއިރު މިރެއިން ފެށިގެން އެ ނިންމުމަށް އަމަލުކުރާނެ ކަމަށެވެ. ނަޒްލާ ވިދާޅުވީ މިކަމުގައި ހަރަކާތްތެރިވާ ތަންފީޒީ ހުރިހާ އިދާރާއެއްގެ ބޭނުމަކީ ދެވަނަ ލޮކްޑައުން އަކަށް ނުގެންދިއުން ކަމަށެވެ.

ބޭރުގައި އުޅުން މަނާ ގަޑިތަކެއް ކަނޑައަޅާފައިވާއިރު މިއަދު ވަނީ މާލެ ސަރަހައްދުގައި މާސްކު އެޅުމަށް ވެސް މަޖުބޫރުކޮށްފައެވެ. އެގޮތުން އާއްމު ތަންތަނަށް ނިކުންނައިރު މާސްކު އެޅުމަށް ވަނީ އަންގާފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ ކުރަން ފަށާފައިވާއިރު މިއަދުވެސް 152 މީހަކު ވަނީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published.