ރާއްޖެއިން ކޮވިޑް ޖެހިގެން 71 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލު --

ރާއްޖެއިން ކޮވިޑް ޖެހިގެން 71 އަހަރުގެ ދިވެއްސަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާއަކީ 71 އަހަރު އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު މެންދުރު 13:38ހާއިރު ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

އެމީހާ އަކީ މިއަދު ހެނދުނު ނޭވާ ލުމަށް އުނދަގޫތަކެއް ވެގެން އިމަޖެންސީގައި އައި މީހެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިއީ ރާއްޖެއިން މި ބަލީގައި މަރުވި 16ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 3،567 އަށް އަރާފައެވެ.

Leave a Reply

Your email address will not be published.