ދަތިކަންކަން އަބަދަށް ދެމިގެން ނުދޭ، ކުރިޔަށް އޮތީ އުފާވެރި ދުވަސްތައް: ހައްޖު ހުތުބާ

މި އަހަރުގެ ހައްޖުގެ އަޅުކަން ސައުދީގައި ދިރިއުޅެމުންދާ ރައްޔިތުންތަކެއް އަދާ ކުރަނީ --

މިވަގުތުތަކަކީ ދަތި ދުވަސްތަކަކަށްވި ނަމަވެސް އުފާވެރިކަމުގެ ދުވަސްތައް އޮތީ ދާދި ކައިރީގައި ކަމަށް މިއަދުގެ ހައްޖު ހުތުބާގައި ބުނެފިއެވެ.

މާތްވެގެންވާ އަރަފާރު ބިމުގައި މެންދުރު ނަމާދަށްފަހު އިއްވި މި ހުތުބާ އަލިއަޅުވާލާފައި ވަނީ މުސީބާތްތަކުގެ މައްޗަށެވެ. ހުތުބާގައި ބުނެފައި ވަނީ ދުނިޔެ އަށް މުސީބާތްތަކާއި ކާރިސާތައް ކުރިމަތިވަނީ އިންސާނުން އިމްތިހާން ކުރުމަށެވެ. މުސީބާތްތަކުން އިންސާނުން ރައްކާތެރި ކޮށްދޭނީ މާތްﷲ އަށް ތަގުވާވެރިވެގެން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހައްޖު ދުވަހުގެ މެންދުރު ނަމާދަށްފަހު އަރަފާތު ބިމުގައި އިއްވުނު ހައްޖު ހުތުބާގައި ބުނެފައި ވަނީ ދިމާވާ މުސީބާތަތްކަށް ކެތްތެރިވުމަށް އިންސާނީ އުންމަތަށް މާތް ނަބިއްޔާ ވަސިއްޔަތް ކުރައްވާފައިވާ ކަމަށެވެ. މިވަގުތު ދަތިކަންތައްތަކެއް ދިމާވެފައިވީ ނަމަވެސް މިދިޔަ ހުރިހާ އަހަރުތަކެއް ހޭދަވީ އުފާވެރިކަމާއި ހަމަޖެހުމުގައި ކަމަށްވާތީ އެކަމަށް މާތްﷲ އަށް ޝުކުރު ކުރުމަށެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން ސައުދީގައި ދިރިއުޅެމުންދާ ރައްޔިތުންތަކެއް އަދާ ކުރަނީ --

ދުނިޔޭގައި މުސީބާތެއް ޖެހުނު ނަމަވެސް އެކަމަށް އޮތީ ކެތްތެރިވުން ކަމަށާއި އަދި ނަމާދު ގާއިމް ކުރުން ކަމަށްވެސް ހައްޖު ހުތުބާގައި ވަނީ ބުނެފައެވެ. ދަތިކަމާއި ބަލިމަޑުކަމަކީ މާތްﷲ ގެ މަގަށް ރުޖާއަވުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް ހުތުބާގައިވެއެވެ. ހުތުބާގައި ބުނީ މާތްﷲ ގެ ރަހުމަތް ކޮންމެ ވަގުތަކުވެސް އިންސާނާއާ އެކުގައިވާ ކަމަށެވެ. މުޅި ދުނިޔޭގެ އެންމެން ތިމާއަށް ހެޔޮކަމެއް ކޮށްދިނުމަށް އެއްވި ނަމަވެސް އެކަމަކީ މާތްﷲ އިރާދަ ނުކުރައްވާ ކަމެއް ކަމަށްވާ ނަމަ އެކަމެއް ނުވާނެ ކަމަށްވެސް ހުތުބާގައިވެއެވެ.

ކޮވިޑް-19 ފެތުރުން ކުޑަ ކުރުމަށް މި ހިނގާ 1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައި ވަނީ ސައުދީ އަރަބިއްޔާގައި ތިބި އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ތެރެއިން މަދު ބަޔަކަށެވެ.

 

Leave a Reply

Your email address will not be published.