މީހުން ފުރުވަން އެކަކު ދިއުމަށް އިލްތިމާސްކޮށްފި

ވީއައިއޭގައި ފުރަން ގޮސް ތިބި ފަތުރުވެރިންތަކެއް - ފޮޓޯ: މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މީހުން ފުރުވުމަށް ދާއިރު އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓަށް ފަސިންޖަރުން ފުރުވުމަށާއި ލަފާތަނަށްވެސް އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އެބަ އޮޮތްް ކަމަށާއި ކޮންމެހެން އަންނަން ޖެހޭ ހާލަތްތަކުގައި ނޫނީ އެއާޕޯޓުު ފަަދަ ތަންތަނަނަށް ނުދިއުމަށް ވެސް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފިއެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

އެމްއޭސީއެލް އިން މިކަމަށް އިލްތިމާސްކޮށްފައިވާއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އަނެއްކާވެސް ބޮޑުތަނުން އިތުރުވާން ފަށާފައެވެ.

Leave a Reply

Your email address will not be published.