ނާއިބު ރައީސްގެ އިލްތިމާސް: ކޮވިޑްގެ ހާލަތު ގޯސްވުމަށް ފުރުސަތު ނުދެއްވާ

ނައިބު ރައީސް ފައިސަލް ނަސީމް/ ފޮޓޯ- ރައީސް އޮފީސް

ކޮވިޑް19 ވައިރަސް ފެތުރެމުން އަންނާތީ ބަލީގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ނާއިބު ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ ޖަމާއަތުގައި ނަމާދު ނުކުރެވި ސްކޫލުތައް ބަންދުވެ ވިޔަފާރިތައް ހުއްޓި ވިޔަފާރިތައް ހުއްޓި، އެންމެން ގޭގައި ބަންދުވުމުގެ ގެއްލުން އެންމެންވެސް ތަހައްމަލު ކޮށްފައިވާ ކަމަށެވެ.

ނާއިބު ރައީސް ވިދާޅުވީ ކޮވިޑް19ގެ ހާލަތު އިތުރަށް ރާއްޖޭގައި ގޯސްވި ނުދެއްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި  އެ ވަބާއިން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް 137 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ހުސް ދިވެހިންނެވެ. އިއްޔެވެސް ޕޮޒިޓިވްވި މީހުންގެ ތެރެއިން 92 މީހުންނަކީ ދިވެހިންނެވެ. އެކަމާއި ގުޅިގެން ސިއްހީ މާހިރުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *