އުސޫލުތަކަށް ނުފެތޭތީ މާލޭގެ ބައެއް ކެފޭތައް އެޗްޕީއޭ އިން ބަންދުކޮށްފި

ކާނިވާ ސަރަހައްދުގައި ހުންނަ ކެފޭއެއްގެ ތެރެ: ފޮޓޯ / އަވަސް

ކޮވިޑް19 ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ އުސޫލުތަކާއި ހިލާފަށް މާލޭގައި ހިންގާ ބައެއް ކެފޭ އަދި ރެސްޓޯރަންޓު ފަދަ ތަންތަނުގައި ހިދުމަތް ދެމުން ގެންދާތީ އެފަދަ ތަންތަން ބަންދުކޮށްފިއެވެ.

އެޗްޕީއޭ އިން އެތަންތަނުގައި މިއަދު ވަނީ "ބަންދު ނޯޓިސް" ހިއްޕާފައެވެ. އެ ނޯޓިސްގައި ބުނެފައިވަނީ އެތަންތަން ބަންދު ކޮށްފައި ވަނީ ކޮވިޑް19 ކޮންޓްރޯލް ކުރުމަށްޓަކައި އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެޗްޕީއޭ އިން އާއްމު ކޮށްފައިވާ އުސޫލުތަކާއި ހިލާފަށް އެތަންތަނުގައި ހިދުމަތް ދެމުން ގެންދާތީ ކަމަށެވެ.

އެތަންތަނުގެ ހިދުމަތް ކުރިއަށް ގެންދިއުމަށްޓަކައި ކޮވިޑާއި ގުޅިގެން އާއްމުކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ތަނުގެ ކަންކަން އިސްލާހު ކުރުމަށް ވަނީ އަންގާފައެވެ. އަދި އެއަށްފަހު އެޗްޕީއޭގެ ނަންބަރު 7285216 އަށް އެންގުމަށް ވެސް ބަންދުކޮށްފައިވާ ކެފޭ އަދި ރެސްޓޯރަންޓު ފަދަ ތަންތަނުގައި ހިއްޕާފައިވާ ނޯޓިސްގައިވެއެވެ.

އެޗްޕީއޭ އިން ބުނީ އެ އެޖެންސީ އިން އިންސްޕެކްޓު ކުރުމަށްފަހު އެތަންތަނަށް އަލުން ހުއްދަ ދޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *