އިދިކޮޅު ކޯލިޝަނަކީ ފުލުހުންނަށް އިހުތިރާމުކުރާ، ފުލުހުންގެ އަގުވަޒަންކުރާ ބައެއް: ގައްސާން

ރައްޔިތުން މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން: ފޮޓޯ / މަޖިލިސް

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަކީ ފުލުހުންނަށް އިހުތިރާމް ކުރާ ފުލުހުންގެ އަގުވަޒަން ކުރާ ބައެއް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ގައްސާން މިފަދައިން ވިދާޅުވެފައި މިވަނީ ރޭ އެ ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި ކަމަށް ބުނާ މައްސަލާގައި އެ ކޯލިޝަނަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެ މައްސަލާގައި ގައްސާންގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ވާހަކަދައްކަވާފައެވެ. އަދި ވިދާޅުވީ އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

އެކަމަކީ އިދިކޮޅު ކޯލިޝަނުން ކުރި ކަމެއް ކަމަށް ބުނެ ދެކެވޭ ވާހަކައަށް ރައްދު ދެއްވާ ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަށް ދެވޭ ކޮންމެ ހަމަލާއެއް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ފުލުހުންނަށް ފުރައްސާރަކޮށް، އަނިޔާކޮށް، ގާ އުކައި، އަލިފާންބޯޅަ އުކައި، ވަޅިން ހަމަލާދީ ބަޑިން ފުލުހުންނަށް ހަމަލާދޭން އޯޑަރުކޮށް، ސޯޓު ބުރި ލައްވަން އުޅެނީ ކޮން ބައެއްކަން ދިވެހި ރައްޔިތުންނަށް އޮޅިފައި ނޯންނާނެ ކަމަށެވެ.

އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ފޮޓޯއާ އެކުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. ވިދާޅުވީ އަދިވެސް ރާއްޖެ އުޅެނީ ކޮވިޑް19 ގެ ނުރައްކާތެރިކަމުން އަރައިނުގަނެވިގެން ކަމަށެވެ. މިއަދަކީ ވެސް އެތައް ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވި ދުވަހެއްކަން ފާހަގަކޮށް ސީޕީ ހަމީދު ވަނީ ފުލުހުންގެ ގަޔަށް ކުޅު ޖެހި މައްސަލަ ކުށްވެރި ކުރައްވާފައެވެ. އަދި ވިދާޅުވީ އެ މައްސަލަ ބަލާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *