އަލުން ރާއްޖެ ބަންދު ކުރުމަކީ އެންމެ ފައިދާހުރި ގޮތެއް ނޫން: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ކޮވިޑް19 އާއި ގުޅިގެން ރާއްޖެ އަލުން ބަންދު ކުރުމަކީ އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަލުން އަނބުރާ ބަންދުކުރުމުގެ ވިސްނުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ދެކެވެން ނެތް ކަމަށެވެ. އަދި ކޮވިޑާއެކު އުޅެވޭނެ ގޮތް ހޯދަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރޯގާ އިން ސަލާމަތްވުމަށްޓަކައި ގައުމު ބަންދުކޮށް ރައްޔިތުން ބަނގުރޫޓު ވުމަށް ޖާގަ ދީފިނަމަ، ރައްޔިތުންނަށް ލިބޭ ގެއްލުން އެއަށްވުރެ މާ ބޮޑުވާނެ ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް 137 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ހުސް ދިވެހިންނެވެ. އިއްޔެވެސް ޕޮޒިޓިވްވި މީހުންގެ ތެރެއިން 92 މީހުންނަކީ ދިވެހިންނެވެ. އެކަމާއި ގުޅިގެން ސިއްހީ މާހިރުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *