ހިމަބިއްސަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 8 މީހެއް

ހިމަބިހި / ފޮޓޯ: ގޫގުލް

ހިމަބިއްސަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 8 މީހަކު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން އާންމުކުރި 'ޑެއިލީ މީސްލްސް އަޕްޑޭޓް' ރިޕޯޓުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 129 މީހުން ވަނީ ހިމަބިއްސަށް ތަހުލީލުކޮށްފައެވެ. އޭގެ ތެރެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން މި ބައްޔަށް ޕޮސިޓިވް މީހުންގެ އަދަދު މިވަނީ 8 އަށް އަރާފައެވެ.

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިބަލި ޖެހުމުގެ ފުރުސަތު ބޮޑީ ވެކްސިން ނުޖަހާ ފަރާތްތައް ކަމަށް ވުމާއެކު، ވެކްސިން ނުޖަހާ ތިިބި ފަރާތްތަކަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ވަނީ ފަށައިފައެވެ. އަދި ހިމަބިއްސަށް ސްކްރީން ކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފައެވެ.

މިހާތަނަށް 4449 މީހުންނަށް ވެކްސިން ދީފައިވާނެ ކަމަށާއި، 129 މީހަކު ބައްޔަށް ޓެސްޓުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި 497 ސިއްހީ ހިދުމަތްތެރިން ވެސް އެ މިނިސްޓްރީން ވަނީ ތަމްރީނުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *