މުޒާހަރާގެ ބައިވެރިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހައިފި

ދެ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖަހާފައި --

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހައިފިއެވެ.

އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ފޮޓޯއާ އެކުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. ވިދާޅުވީ އަދިވެސް ރާއްޖެ އުޅެނީ ކޮވިޑް19 ގެ ނުރައްކާތެރިކަމުން އަރައިނުގަނެވިގެން ކަމަށެވެ. މިއަދަކީ ވެސް އެތައް ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވި ދުވަހެއްކަން ފާހަގަކޮށް ސީޕީ ހަމީދު ވަނީ ފުލުހުންގެ ގަޔަށް ކުޅު ޖެހި މައްސަލަ ކުށްވެރި ކުރައްވާފައެވެ. އަދި ވިދާޅުވީ އެ މައްސަލަ ބަލާނެ ކަމަށެވެ.

ސީޕީ އާއްމުކުރެއްވި ފޮޓޯއިން ދެ ފުލުހުންގެ ގަޔަށްވެސް ޖަހާފައި ވަނީ ރަތް ކުޅުކަން އެނގިގެންދެއެވެ. ކުޅުޖެހިއިރު ދެ ފުލުހުންގެ މޫނަށް "ހައްޕުނޑު"ވެސް ވަނީ ބުރައިގެން ގޮސްފައެވެ.

މިރޭގެ މުޒާހަރާވެސް ކުރީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ހިސާބުންނެވެ. ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދުން މުޒާހަރައިގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ. އެއާއިއެކު މުޒާހަރާގެ ބައިވެރިން މާލޭގެ މަގުތަކުގައި ޝުއޫރު ފާޅުކުރަމުން ގެންދިޔައެވެ.

ތަފާތު އެކި ފަހަރު މަތިންވެސް މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ކަންމައްޗަށް އެއްވުމަށް މުޒާހަރައިގެ ބައިވެރިން މަސައްކަތް ކުރިއެވެ. ނަމަވެސް ފުލުހުން އެ ފުރުސަތެއް ނުދިނެވެ. އެ ސަރަހައްދުން މީހުން ފޮނުވާލަން އުޅުމުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިކަން ދައްކެ ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *