ރެކޯޑު އަދަދަކަށް ރާއްޖެއިން ޕޮޒިޓިވްވެއްޖެ, ގިނައީ ދިވެހިން

މަގުމަތިން ވަކިވަކި މީހުން ކޮވިޑް19އަށް ޓެސްޓު ކުރުމުގެ ގޮތުން ސާންޕަލް ނަގަނީ-- ފޮޓޯ/ ހަތާވީސް

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް 137 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި 137 މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެހިންނާއި، 31 ބަންގްލަދޭޝްގެ މީހުންނާއި، އިންޑިއާގެ 9 މީހެއްގެ އިތުރުން ސްރީލަންކާގެ ހަތަރު މީހެއްގެ އިތުރުން ފިލިޕީންސްގެ މީހެއް ކަމަށެވެ.

މިއަދަކީ މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުނަށް ލުއިތައް ދިން ފަހުން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 3506 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 929 މީހުންނަށެވެ. އަދި މި ބަލިން 2547 މީހުން ރަނގަޅުވެފައިވާއިރު 15 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަށާއި ގައިދުރު ކަމަށް ސަމާލުކަން ދިނުމަށް ތަކުރާރުކޮށް އެޗްޕީއޭ އިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *