ހިޔާ ފްލެޓުތަކާއި ގުޅޭ ގޮތުން އާކިޓެކްޓު އެސޯސިއޭޝަންގެ ގިނަ ކަންބޮޑުވުންތަކެއް

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޠުތައް-- ފޮޓޯ/ މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފަށާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތަކާއި ގުޅޭ ގޮތުން އާކިޓެކްޓު އެސޯސިއޭޝަންގެ (އޭއޭއެމް) އިން ކަންބޮޑުވުންފާޅު ކޮށްފިއެވެ.

އާކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސް (އޭއޭއެމް) އިން ބުނެފިއެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކަށް އެ ޖަމިއްޔާގެ މެމްބަރުންނާއި އާކިޓެކްޗާ ދަރިވަރުން ވަދެ ބެލުމަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ހިޔާ ފްލެޓުތަކަކީ އެތަންތަނުގައި ދިރިއުޅޭ މީހުންގެ ސަލާމަތަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިގެން އިމާރާތް ކުރަމުން އަންނަ ފްލެޓުތަކެއް ނޫން ކަމަށެވެ. މިހާރު އެ ފްލެޓުތަކުގެ ސްޓްރަކްޗާ އަށް އެއްވެސް ބަދަލެއް ގެނެސްފި ކަމަށްވާ ނަމަ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އޭއޭއެމްގެ ރިޕޯޓުގައި ހިޔާ ފްލެޓުތަކުގައި ކުޅިވަރު ކުޅޭނެ ތަންތަނާއި ޕާކުތައް ފަދަ ތަންތަން ނެތުން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ޓަވަރުތަކުގެ ކޮރިޑޯތަކުގެ ރެއިލިން ހުޅުމާލެ ޕްލޭނިން ގަވާއިދަށް ނުފެތޭ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ. ބޭސްމަންޓް ޕާކިންގައި ސާވިސް ހޮޅިތައް ބެރިދަށުން އަޅާފައިވާ ގޮތުން ނުރައްކާ މިންވަރަށް ތިރި ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ޕީކު ގަޑިތަކުގައި ލިފްޓު ބޭނުން ކުރުމަށް ދަތިތަކާއި ކުރިމަވާނެ ކަމަށެވެ. ލޮބީގެ ތަނަވަސްކަން ވެސް ނިސްބަތުން ކުޑަ ކަމަށާއި އަދި ބައެއް ސާވިސް ފޮށިތައް ވެސް އަތުޖެހޭ ހިސާބުގައި ހުރުމުން އެތަކެއްޗަށް ފަސޭހައިން ގެއްލުން ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

 

Leave a Reply

Your email address will not be published.