މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރާނެ

މާލޭގައި މީގެކުރިން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ: ފޮޓޯ / އަވަސް

މިއަހަރުގެ އަޟްހާ އީދު ނަމާދު މާލެ ސިޓީގައި ބޮޑު ޖަމާއަތުގައި ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އެގޮތަށް ނިންމާފައި ވަނީ ކޮވިޑް19 މާލެ ސަރަހައްދުގައި ހަލުވިކަމާއެކު އަދިވެސް ފެތުރެމުން އަންނާތީ، ގިނަ ބަޔަކު އެއްތަނަކަށް އެއްވުމަކީ ރައްކާތެރިކަމަކަށް ނުވާތީއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރިނަމަވެސް އިސްލާމީ މަރުކަޒާއި ހުކުރު ކުރާ މިސްކިތްތަކުގައި އީދު ނަމާދު ކުރާނެ ކަމަށެވެ. އަދި ރަށްރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެ ރަށެއްގެ ރަށު ކައުންސިލުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ފިތުރު ނަމާދުވެސް މާލެ ސަރަހައްދުގައި ނުކުރެއެވެ. މިއަހަރުގެ އަޟްހާ އީދު ދިމާ ވަނީ މިމަހުގެ 31 ވާ ހުކުރު ދުވަހަށެވެ.

Leave a Reply

Your email address will not be published. Required fields are marked *