މުޒާހަރާ ކުރިއަށްދާނެ، ނަތީޖާ ފޮނިވާނެ: ޑރ. ޖަމީލް

ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް އަލުން ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށްފަހު ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް

އިދިކޮޅު ކޯލިޝަންގެ މުޒާހަރާތައް ކުރާނެ ކަމަށާއި އެ މުޒާހަރާތަކުގެ ނަތީޖާ ވެސް ފޮނިވާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ހުރިހާ ކަމެއް ބޮއްސުންލާފައިވާ ކަމަށެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީ ތެރެއަށް އަތް ބާނައިގެން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ދާދިފަހުން އިދިކޮޅު ކޯލިޝަނާއި އަލުން ގުޅިވަޑައިގެންނެވި ޖަމީލް ވިދާޅުވީ ސަރުކާރުން މިހާރު ދިމާކޮށްފައިވަނީ ރާއްޖޭގެ މިނިވަންކަން ވިއްކާލުމަށް ކަމަށެވެ.

"މުޒާހަރާ ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ ނަތީޖާ ފޮނިވާނެ. ހިލާ ޤައުމް ވިއްކައެއް ނުލެވޭނެ. ކުރިންވެސް ނިމިދިޔައީ ގަދަބަސް ބުނަނިކޮށް،" ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާ އެކު މުޒަހަރާ ރޭ ފެށީ މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމަތިންނެވެ. އެ ސަރަހައްދަށް އެއްވުމާ އެކު، ފުލުހުން ނަސޭހަތްދިނީ އެތަނުން ދުރަށް ދިއުމަށެވެ. ނަމަވެސް ބައެއް މީހުން އެތަނުގައި އިށީންދެގެން ތިބެ، ސަރުކާރުން “ވައްކަން” ކުރަމުންދާ ކަމަށް ބުނެ އަޑު އުފުލިއެވެ.

Leave a Reply

Your email address will not be published. Required fields are marked *