ރާއްޖެ އައި ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް މަތިންދާ ބޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަނީ: ފޮޓޯ / އެމްއޭސީއެލް

ރާއްޖެ އައި ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެ ފަތުރުވެރިޔާ ޕޮޒިޓިވްވިކަން އެނގިފައިވަނީ މިއަދު ކަމަށްވާއިރު އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ފަތުރުވެރިއެއްކަން މިހާތަނަށް އެޗްއީއޯސީން ހާމަކޮށްފައެއް ނުވެއެވެ.

މިއީ މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން، ރާއްޖެ އައި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި ގުޅޭ ގައިޑްލައިނުގައިވާ ގޮތުން އެއާޕޯޓުން ފަތުރުވެރިންގެ ހުން ބެލުން ފަދަ ކަންކަން ކުރާނެ ކަމަށާއި އަދި އެގޮތަށް ސްކްރީން ކުރާއިރު، ކެއްސުމާއި ރޯގާ ޖެހިފައިވުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެންނަ ނަމަ އެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށެވެ. ޓެސްޓު ހަދާނީ އެ ފަތުރުވެރިއެއްގެ ޙަރަދުގައި ކަމަށްވެސް ގައިޑްލައިންގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *