އަމިއްލަ ކަންކަން ނުނިންމޭ ހިސާބަށް ދިއުމުން ދައްކާނެ މިނިވަންކަމުގެ ވާހަކައެއް ނެތް: ޝިޔާމް

ރޭ އިދިކޮޅުން ބޭއްވި މުޒާހަރާގައި ޕީޕީއެމްގެ ނާއިބު ރައީސް ޝިޔާމް ޕޯސްޓަރެއް ހިފަހައްޓައިގެން --

ރާއްޖޭގެ އުދަރެހުން އަރާ ވިލާގަނޑު ބިޔަވެފައި ބަނަ ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ދިވެހިންނަށް ދިވެހިންގެ ކަންކަން ނުނިންމޭ ހިސާބަށް ގައުމުގެ ކަންކަން ދިއުމުން ދައްކާނެ މިނިވަންކަމުގެ ވާހަކައެއް ނޯންނާނެ ކަމަށެވެ. ދެން ދިވެހިން ދައްކަން ޖެހޭނީ އަޅުވެތިކަމުން ސަލާމަތްވެވޭނެ ގޮތުގެ ވާހަކަތައް ކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އުދަރެހުން އަރާ ވިލާގަނޑު ބިޔަވެފައި ބަނަ ކަމަށެވެ.

ޝިޔާމް މިފަދައިން ވިދާޅުވިއިރު އިދިކޮޅު ފަރާތްތަކުން ރޭ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާ އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން މާލޭގައި މުޒާހަރާ ކޮށްފައެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާ އެކު މުޒަހަރާ ރޭ ފެށީ މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމަތިންނެވެ. އެ ސަރަހައްދަށް އެއްވުމާ އެކު، ފުލުހުން ނަސޭހަތްދިނީ އެތަނުން ދުރަށް ދިއުމަށެވެ. ނަމަވެސް ބައެއް މީހުން އެތަނުގައި އިށީންދެގެން ތިބެ، ސަރުކާރުން “ވައްކަން” ކުރަމުންދާ ކަމަށް ބުނެ އަޑު އުފުލިއެވެ.

Leave a Reply

Your email address will not be published. Required fields are marked *