އިނގިރޭސިވިލާތުން ލުއިދިން ގައުމުތަކުގެ ތެރޭގައި މިފަހަރުވެސް ރާއްޖެއެއް ނެތް

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ޒިޔާރަތް ކުރި ފަތުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ފޮޓޯ / އެމްއޭސީއެލް

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި ވިލާތުން ލުއި ދިން ގައުމުތަކުގެ ލިސްޓް އަލުން އެކުލަވާލިއިރު މިފަހަރުވެސް ރާއްޖެ އެ ލިސްޓުގައި ނުހިމެނިއެވެ.

އަލުން އެކުލަވާލި ލިސްޓުގައި ވެސް 50 ގައުމެއް އޮތް އިރު އެ ލިސްޓުގައި މި ސަރަހައްދުން ރާއްޖެއާ ސްރީލަންކާ ހިމަނާފައެއް ނުވެއެވެ. މީގެކުރިންވެސް ރާއްޖެއަކީ ދަތުރުކުރުން ރައްކާތެރި ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތުން ހިމަނާފައެއް ނުވެއެވެ.

ރާއްޖެއިން ކޮވިޑް19 ގެ ސަބަބުން ބޯޑަރު ބަންދުކުރީ މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހުއެވެ. އޭގެފަހުން ރާއްޖޭގެ ބޯޑަރު ތިންމަސް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން ބޯޑަރު ހުޅުވީ މި މަހުގެ 15ވަނަ ދުވަހުއެވެ.

މިހާތަނަށް ބޯޑަރު ހުޅުވާލި ފަހުން 900އެއްހާ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *