މިއަދު އެކަނިވެސް 77 މީހަކު ރާއްޖެއިން ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން މީގެކުރިން ބޭއްވި ޑްރިލްއެއްގެ ތެރެއިން: ފޮޓޯ / މިހާރު

މިއަދު އެކަނިވެސް ރާއްޖެއިން 77 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި ބަންގްލަދޭޝްގެ 20 މީހަކާއި އިންޑިއާ މީހެއް ކަމަށެވެ.

މި 77 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 3252 އަށް އަރާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި މިއަދު އިތުރު 36 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 2534 އަށް އަރާފައިވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 15 މީހަކު މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *