މާލެއިން ބިންކޮޅު ދޫކޮށްލާ މީހުންނަށް ހުޅުމާލެއިން ގޯއްޗެއް ހަމަޖައްސައި ދިނުމަށް އެދިއްޖެ

ހުޅުމާލެ / ފޮޓޯ: އެޗްޑީސީ

މާލެއިން ލިބިފައިވާ ބިން ކޮޅު ދޫކޮށްލާ ފަރާތްތަކަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައި ދިނުމަށް އެމްޑީޕީން ހުޅުމާލެ ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި އެދިއްޖެއެވެ.

މިއީ 2008ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށި “ވެށިފަހު މާލެ” ޕްރޮގްރާމުގެ ދަށުން މީގެކުރިން އަމަލު ކޮށްފައިވާ ގޮތެކެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެގޮތަށް އެކަން ކުރުން ހުއްޓާލިއެވެ.

މިއަދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މާލެ ސިޓީ ކައުންސިލުގެ ބޭފުޅުން ވަނީ އެޗްޑީސީގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.

ފެށި ”ވެށިފަހި” މާލެ ޕްރޮގުރާމުގެ ދަށުން މާލެއިން ގޯތިތައް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަހުން ގޯތިދޭނެ ކަމަށް ލިޔުން ހަވާލުކޮށްފައިވާ ފަރާތްތަކަށް ގޯތި ދިނުމަކީ އެމްޑީޕީގެ ވައުދެކެވެ. ލިޔުން ދޫކޮށްފައި ގޯތި ނުލިިބި 200 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އެމްޑީޕީން ބުނެއެވެ.

އެހެން ކަމުން މިއަދު އެޗްޑީސީ އިސް ފަރާތްތަކާއި އެކު ބޭއްވި ބައްދަލުވުމުގައި އެ ގޯތިތައް ދިނުމަށް އެކުންފުނީގައި ވަނީ އެދިފައެވެ. އަދި އެޗްޑީސީން އެ މަސައްކަތް އެގޮތަށް ކުރިޔަށް ގެންދާނެ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް ވަނީ ޔަގީންކަން ދެއްވާފައެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެމްޑީޕީގެ އިތުރުން ސަރުކާރުގެ ވަޢުދެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.