ވައިގަދަވެ މާލޭގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

މާލޭގެ ގެއެއްގެ ފުރާޅު އެއްލާލުމުން ސިފައިން ހަރަކާތްތެރިވަނީ: ފޮޓޯ / އެމްއެންޑީއެފް

ވައިގަދަވެ މާލޭގެ ދެ ގެއެއްގެ ފުރާޅުން އެއްލާލައިފިއެވެ.

މޫސުން ގޯސްވެ ވައިގަދަވެ، މާލޭގެ ދެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ ދެ ހާދިސާ ހިނގާފައިވަނީ މާފަންނު އަދި ހެންވޭރުންނެވެ. އެމްއެންޑީއެފް އިން ބުނީ އެ ދެ ހާދިސާތަކުގެ ރިޕޯޓު ލިބިފައިވަނީ މިއަދު 5:24 އާއި 5:48 ހާއިރު ކަމަށެވެ.

ރާއްޖެއަށް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ގިނަ ރަށްތަކަށް މިދުވަސްވަރު އަންނަނީ ވިއްސާރަ ކުރަމުންނެވެ. އަދި ވިލާގަނޑުގައި އިތުރަށް ވައި އަންނަނީ ބާރުވަމުންނެވެ. މީގެއިތުރުން ކަނޑުތަކުގެ ބާނިތައް ބޮޑުވުމުން ރަށްރަށަށް އުދަ އަރާފާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *