އިގްތިސޯދީ ވަޅުގަނޑުގެ ނާމާންކަން ބޮޑު، ސަމާސާ ނުކުރޭ: ޑރ. ޖަމީލް

ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް އަލުން ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށްފަހު ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް

ސަމާސާ ކުރާ ވަރަށްވުރެ ރާއްޖޭގެ އިގްތިސޯދީ ވަޅުގަނޑުގެ ނާމާންކަން ބޮޑު ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން އިގްތިސޯދަށް އެންމެ ބޮޑު ހީނަރުކަމެއް އަންނާނެ ގައުމަކީ ރާއްޖެ ކަމަށް އެތައް ބަޔަކު އިންޒާރު ދީފައިވާ ކަމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ކޮވިޑް19 އާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަ ކުރި ކަމަށާއި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ ނުރައްކާތެރި ގައުމެއްގެ ގޮތުގައި ކަމަށް ޑރ. ޖަމީލްގެ ޓްވީޓުގައި ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ބުރަވެ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް ވަޒީފާއަށް މީހުން ގިނަކޮށް، ހެލްތު މިނިސްޓްރީން އޮބި އަޅާ ވަރަށް ފޮރުވި ހަގީގަތް ދުނިޔެއަށް މިއަދު ފެނިފައިވާ ކަމަށެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު ކޮވިޑް19 އާއި ގުޅިގެން މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހު ބަންދު ކުރުމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް ބޯޑަރު ހުޅުވާލިތާ 11 ދުވަސް ވަނީ ވެފައެވެ.

އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުގައި ރާއްޖެ އައިސްފައިވަނީ 904 ފަތުރުވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *