ދަރިފުޅާއެކު ޔުނާން މުލީއާގެ ބޭރުގައި އާދޭސް ކުރަނީ

ޔުނާން އޭނާގެ ދަރިފުޅު ގޮވައިގެން މުލީއާގެ ކައިރީގައި --

މަޝްހޫރު ދިވެހި ފިލްމު "ބޮސް"ގެ ލީޑު އެކްޓަރު މުހައްމަދު ޔުނާން އޭނާގެ ދަރިފުޅާއި އެކު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގެ ބޭރުގައި ދަރުފުޅުގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ނެތިގެން އާދޭސް ކުރަން ފަށައިފިއެވެ.

ޔުނާން ވަނީ އޭނާގެ ދަރިފުޅުގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ނެތިގެން އޭނާގެ ފޭސްބުކްގައި އެތަކެއް ޕޯސްޓުތަކެއް ކޮށްފައެވެ. އަދި ރާއްޖެއިން ބޭރަށް ދަރިފުޅު ގޮވައިގެން ދިއުމަށްޓަކައި އެތަކެއް މަސައްކަތެއް ކޮށްފައިވާ ކަމަށާއި އަދިވެސް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ނަމަވެސް ޔުނާން ވަނީ އޭނާ އަށް އެއްވެސް އިދާރާއަކުން އެހީތެރިކަން ލިބިފައި ނުވާ ކަމަށް ހިތާމަ އާއި އެކު ބުނެފައެވެ. އަދި މުލީއާގެ ކައިރިއަށް އަންނަން ޖެހުނީ ވެސް ދަރިފުޅުގެ ހައްގުގައި ކަމަށްވެސް އޭނާ ބުންޏެވެ. މުލީއާގެ އަށް ދިޔަ ނަމަވެސް އެތަނުގައި މިވަގުތު އެއްވެސް ބޭފުޅަކު ނޫޅޭ ކަމަށް ރިސެޕްޝަންގައި އިން ކުއްޖަކު ބުނެފައިވާ ކަމަށް ޔުނާން ފޭސްބުކްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވެއެވެ.

"މިތާ މަޑު ކޮށްލާނަން މީހަކާ ބައްދަލުވެ ޖަވާބެއް ލިބެންދެން، އެހެންވެ ހުރިހާ އެންމެން ކައިރީގައިވެސް ބުނެލީ، މަސައްކަތް އެބަ ކުރެވޭ، އަހަރުންނަށް އަހަރުންގެ ދަރިއަށްޓަކައި މަސައްކަތް ކުރެވެން އޮތް ގޮތަކަށް އަހަރުން އެބަ މަސައްކަތް ކުރަން. އެކަމަކު ސަރުކާރުންވެސް އަދި އެހެން ތާކުންވެސް ލިބެންޖެހޭ އެއްބާރުލުމެއް އަސްލު ނުލިބޭ،" ޔުނާން ބުންޏެވެ.

ގިނަބަޔަކު އަންނަނީ ޔުނާންގެ އެ ހިތްވަރަށް ސާބަސް ދެމުންނެވެ. އަދި ދަރިއަކަށްޓަކައި އެވަރުގެ ބުރަތަކެއް އުފުލަމުން އަންނާތީ ޔުނާންގެ ހިތްވަރަށް ވެސް ބައެއް މީހުން ދަނީ ސާބަސް ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *