ލޮނުޒިޔާރަތްކޮޅު ޕާކު ހުޅުވަން ތައްޔާރުވަނީ

ލޮނުޒިޔާރަތް ކޮޅުގައި ތަރައްގީ ކޮށްފައިވާ ޕާކު: ފޮޓޯ / މިހާރު

މާލެ ސިޓީ ކައުންސިލުން މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި ތަރައްގީ ކޮށްފައިވާ ޕާކު ހުޅުވަން ތައްޔާރުވެއްޖެއެވެ.

އެތަނަކީ މީގެކުރިން ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދިޔައިރު ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ތަނެކެވެ. އެތަން ޕާކަކަށް ހެދުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ވަނީ ނިމިފައެވެ.

އެތަނުގައި މައިގަނޑު ގޮތެއްގައި ހުރީ ގަސް އިންދާފައެވެ. އެހެންކަމުން އެތަނުގެ މެއިންޓެނަންސްގެ މަސައްކަތް ކުޑަވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެތަނުގެ ސެކިއުރިޓީ ވެސް ބަލަހައްޓާނީ ދިވެހިން ކަމަށެވެ. އަދި އެތަނުގެ ސެކިއުރިޓީ ވަރަށް ފުރިހަމަ އަށް ބަލަހައްޓާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެތަނުގެ މުވައްޒަފުންނަށް ދިވެހިން ނަގާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ އިތުރު ޕާކެއް ހުޅުވުމުން އެއްތަނަކަށް ދާ މީހުން މަދުވާނެ ކަމަށެވެ. މިތަން ޕާކެއްގެ ގޮތުގައި ތަރައްގީ ކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *